ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް

Author
އަހުމަދު
11 އޮގަސްޓް 2026 07:37
0

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް ލުމަށް ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހުކުމް އިއްޔެ އިއްވާފައިވަނީ ށ. މާއުނގޫދޫ، މުހައްމަދު ފާރިގު (28އ) ގެ މައްޗަށެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން 25 އަހަރަށް ޖަލަށް ލުމުގެ އިތުރުން، 100،000 ރުފިޔާއިން އޭނާ ޖޫރިމަނާކުރުމަށްވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މިއީ ވަރަށް ގިނަ ދުވަސްވީ މައްސަލައެކެވެ. މި މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު 24 ވަނަ ދުވަހުއެވެ. މައްސަލައިގެ ތަހުގީގު ނިންމައި، ފާރިގުގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުއެވެ.

ހުށަހެޅުނުތާ ގާތްގަނޑަކަށް ހަ އަހަރު ފަހުން މި މައްސަލައިގައި ހުކުމް އިއްވި ނަމަވެސް، މައްސަލަ އެހާ ދިގުލައިގެން ދިޔަ ސަބަބެއް ސާފުވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.