އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Author
އަހުމަދު
31 ޖުލައި 2026 01:45
0

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ، މި ފުރުސަތު ހުޅުވާލީ އެޗްއާރުސީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް އައު މެންބަރަކު އައްޔަންކުރެއްވުމުގެ ބޭނުމުގައި ކަމަށެވެ.

މެންބަރުކަމުގެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ. މީގެ އިތުރުން، ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އެ އޮފީހުން ހާމަކޮށްފައިވެއެވެ.

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ.

އެޗްއާރުސީއެމްގައި ފަސް މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން މަގާމުގައި އެންމެ ދުވަސްވީ މެންބަރަކީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު 3 ގައި މަގާމަށް އައްޔަންކުރެއްވި ސަމާއު އަހުމަދު ނަޖީބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.