ވައިގަދަވެ މޫސުން ގޯސްވާތީ ދަތުރުކުރުމުގައި ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި

ވައިގަދަވެ މޫސުން ގޯސްވާތީ ދަތުރުކުރުމުގައި ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި

Author
އަހުމަދު
30 ޖުލައި 2026 11:39
0

ވައިގަދަވެ މޫސުން ގޯސްވެފައި ވާތީ، ސިނަމާލެ ބްރިޖާއި ލިންކުރޯޑުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ޓްރެފިކް ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ބުރުގާ އަޅާ ފަރާތްތަކުން ވަޔާއެކު މޫނުމައްޗަށް ބުރުގާ ނުދާނެ ފަދަ ގޮތަކަށް ބުރުގާ ބެހެއްޓުމަށާއި، ފެންވަރު ރަނގަޅު ވިއްސާރަކޯޓެއް ބޭނުންކުރުމަށެވެ. މީގެ އިތުރުން، ވައި ގަދަވާ ގަޑިތަކުގައި އުޅަނދު ކޮންޓްރޯލްކުރެވޭ މިންގަނޑެއްގައި ދުވެލި ބެހެއްޓުމަށާއި، އުޅަނދުގެ ހެޑްލައިޓާއި ޓެއިލްލައިޓް ދިއްލާފައި ބެހެއްޓުމަށް ވެސް އެ ޕޯސްޓުގައި އެދިފައި ވެ އެވެ.

މި ދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަކޮށް، މޫސުން ގޯސްވަމުންނެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިހާރު ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފަ އެވެ. މިއަދު ހެނދުނު 10:45 އިން ހަވީރު 4:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ ރަށްތަކަށް އެ އެލާޓު ނެރެފައި ވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.