ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ހުސްވާ ތިން މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ މި ފުރުސަތު ހުޅުވާލީ އެލްޖީއޭގެ ބޯޑުގައި މިހާރު ތިއްބެވި ތިން މެންބަރެއްގެ ދައުރު ހަމަވާތީ ކަމަށެވެ.
އެ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ފުރިހަމަކުރި ފޯމުތައް މިއަދުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ބަލައިގަންނާނެއެވެ.
އެލްޖީއޭގެ ބޯޑު އެކުލެވިގެންވަނީ ހަ މެންބަރުންގެ މައްޗަށެވެ. ބޯޑުގެ ރައީސްގެ ގޮތުގައި ހުންނަވަނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އަދި އޮތޯރިޓީގެ ސީއީއޯއަކީ އަހުމަދު ނިމާލެވެ.
ކޮމެންޓު ފޮނުވާ