ވޯލްޑްކަޕްގައި މެސީގެ އާ ރިކޯޑަކާއެކު އާޖެންޓީނާ ދެވަނަ ބުރަށް

ވޯލްޑްކަޕްގައި މެސީގެ އާ ރިކޯޑަކާއެކު އާޖެންޓީނާ ދެވަނަ ބުރަށް

Author
އަހުމަދު
28 ޖޫން 2026 10:32
0

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ލަނޑު ޖަހައި، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ވޯލްޑްކަޕްގެ އައު ރިކޯޑުތަކެއް ގާއިމުކޮށްފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޯޑަންއާ ވާދަކޮށް 3-1 އިން އާޖެންޓީނާ މޮޅުވި މެޗުގެ ފަހު ހާފުގައި ކުޅެން އަރައި މެސީ ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ލަނޑާއެކު އޭނާ ވަނީ ޖެހިޖެހިގެން ވޯލްޑްކަޕްގެ ހަ މެޗުގައި ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދުމުގެ އިތުރުން، މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު 19 ލަނޑާއެކު ހަދާފައެވެ.

މި މޮޅާއެކު އާޖެންޓީނާ ގްރޫޕްގެ އެއްވަނަ ހޯދިއިރު، އެޓީމު ވެފައިވަނީ މިފަހަރުގެ މުބާރާތުގައި ބަލިނުވެ ދެވަނަ ބުރަށް ދަތުރުކުރި ތިން ޓީމުގެ ތެރެއިން އެއް ޓީމަށެވެ. ބަލިނުވެ ދެވަނަ ބުރަށް ދިޔަ އަނެއް ދެ ޓީމަކީ ފްރާންސާއި މެކްސިކޯއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި އާޖެންޓީނާ ނުކުންނަން ޖެހޭނީ އެފްރިކާގެ ގައުމެއް ކަމަށްވާ ކޭޕް ވާޑޭއާ ދެކޮޅަށެވެ. ކޭޕް ވާޑޭއަކީ މުބާރާތުގެ ފުރަތަމަ މެޗުގައި ވަރުގަދަ ސްޕެއިންނަށް ވެސް ލަނޑެއް ޖަހާނެ ފުރުސަތު ނުދީ ހިފަހައްޓާލި ނުރައްކާތެރި ޓީމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.