ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާގެ އެހީއެއް

ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާގެ އެހީއެއް

Author
އަހުމަދު
23 ޖޫން 2026 08:09
0

ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިވުމުގެ ގޮތުން، މޯލްޑިވްސް ޒަކާތު ހައުސްއިން ޒަކާތު ފަންޑުގެ ދަށުން 2.5 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ޒަކާތު ފަންޑުން ހަމަޖެއްސި މި ފައިސާ އިއްޔެގެ ވަގުތެއްގައި ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ) އަށް ޖަމާކޮށްފައެވެ. މިއީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު 21 ފެބުރުވަރީ 2024 ގައި ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ދޫކުރެވުނު ފައިސާއެވެ.

މި ފަހުމުނާމާގެ ދަށުން، ކޮންމެ އަހަރަކުވެސް ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ޒަކާތު ހައުސްއިން މަޢުލޫމާތު ދޭގޮތުގައި، މި އެއްބަސްވުމުގައި ސޮއިކުރުމުގެ މާ ކުރިން ފެށިގެން، އާދެ! 2014 ވަނަ އަހަރުން ފެށިގެންވެސް އެކި ފަހަރުމަތިން ޒަކާތު ފަންޑުން ވަނީ ތެލަސީމިއާ ބަލިމީހުންގެ ފަރުވާއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.