އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް "އެމް-ފައިސާ" މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް މިއަދު ތަޢާރަފްކޮށްފިއެވެ.
މިއަދު ބާސެލޯ ނަސަންދުރާގައި މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ދިވެހިންގެ ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ މި މުހިންމު ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ޚިދުމަތް ތަޢާރަފްކުރެވިގެން ދިޔުމާއެކު، އުރީދޫ އެމް-ފައިސާ ބޭނުންކުރާ ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ޕޭޕަލް މެދުވެރިކޮށް ބައިނަލްއަޤްވާމީ ފައިސާގެ މުޢާމަލާތްތައް ކުރުމުގެ މަގު މިވަނީ ފަހިވެގެން ގޮސްފައެވެ.
ކޮމެންޓު ފޮނުވާ