އީސީގެ ހުސްވެފައިވާ ގޮނޑިއަށް ޝަކީލް އައްޔަންކުރަން މަޖިލީހަށް ފޮނުވައިފި

އީސީގެ ހުސްވެފައިވާ ގޮނޑިއަށް ޝަކީލް އައްޔަންކުރަން މަޖިލީހަށް ފޮނުވައިފި

Author
އަހުމަދު
15 ޖޫން 2026 11:17
0

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް، މިހާރު ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު ޝަކީލް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އީސީގެ މެންބަރުކަމުގެ މަގާމެއް ހުސްވީ، ނިމިދިޔަ ކައުންސިލް އިންތިހާބަށްފަހު އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ޝަކީލް އައްޔަންކުރެއްވުމަށް ރުހުން ހޯދުމަށް ރައީސް ފޮނުއްވި ސިޓީފުޅު މިއަދު ވަނީ މަޖިލީހުގެ ޖަލްސާގައި އިއްވާފައެވެ. މަގާމަށް އިތުރު ބޭފުޅުންތަކެއްވެސް ކުރިމަތިލެއްވިކަން އެ ސިޓީގައި ފާހަގަކޮށްފައިވީ ނަމަވެސް، ރައީސް މަޖިލީހަށް ފޮނުއްވުމަށް އިހުތިޔާރުކުރެއްވީ ހަމައެކަނި ޝަކީލްގެ ނަންފުޅެވެ. މަޖިލީހުން އެ ސިޓީ އާންމުކޮށްފައި ނުވާތީ ދެން ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކެއް އަދި ސާފެއް ނުވެއެވެ.

މި މަގާމަށް ރައީސް އައްޔަންކުރަން ފޮނުއްވި ޝަކީލަކީ ވެރިކަންކުރާ ޕީއެންސީގެ ސެނެޓް މެންބަރެކެވެ. އަދި އޭނާއަކީ އެ ޕާޓީގެ އިންތިހާބާބެހޭ ކޮމިޓީގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. މީގެ އިތުރުން، ޝަކީލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.