ގޭބަންދުގައި ލިޔުއްވި ވާހަކަތައް ނަޝީދު ފޮތަކަށް ހައްދަވައިފި

ގޭބަންދުގައި ލިޔުއްވި ވާހަކަތައް ނަޝީދު ފޮތަކަށް ހައްދަވައިފި

Author
އަހުމަދު
01 ނޮވެމްބަރ 2026 12:49
0

 

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް "80ގެ ފަހުކޮޅު" ނެރުއްވައިފިއެވެ.

ފޮތް ނެރުއްވީ ދޮންމަނިކު ސްކައިވިއު ރެސްޓޯރަންޓުގައި ބޭއްވި ހަފުލާއެއްގައި ނަޝީދުގެ ބޮޑުދައިތާފުޅު ޒުހައިރާ ޢުމަރެވެ.

ފޮތުގައި ފަސް ވާހަކަ ހިމެނެއެވެ. އެއީ "ޗާލާ ޒަމާން"، "ހިތާއި ހިތުގެ ގުޅުން"، "މޫސަބަރު"، "ގައުމީ މަޝްރޫއު" އަދި "ރީތި ހަދިޔާ" އެވެ.

ނަޝީދު ވިދާޅުވީ މި ވާހަކަތައް ލިޔުއްވީ 1980 ގެ ފަހުކޮޅާއި 1990 ގެ ކުރީކޮޅު ކަމަށެވެ. 1994 ވަނަ އަހަރު ޖަލުން ގޭބަންދަށް ބަދަލުކުރުމުން ލިޔުއްވި ވާހަކަތަކަކަށް ވާތީ، އޭގައި "ރައީސް ނަޝީދެއް" ނުފެންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކަންކަން ކުރިއަށް ދާނެ ގޮތް ދެނެގަތުމަށް ވާހަކައަކީ އެންމެ ރަނގަޅު ވަސީލަތް ކަމަށް ނަޝީދު ވިދާޅުވިއެވެ. ގައުމަކާއި ގައުމިއްޔަތެއް ބިނާވަނީ ރައްޔިތުން އެކުގައި ހިއްސާކުރާ ވާހަކައެއްގެ މައްޗަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފޮތް ވިއްކަނީ 250 ރުފިޔާއަށެވެ.

ސިޔާސީ ދާއިރާއަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިކަން ކުރައްވާފައިވާ ނަޝީދު ވަނީ މީގެ ކުރިން "ދަގަނޑު ދަހަނާ"، "ކިއްލާ މާލެ"، "ދެ ރަދުން"، "އެއްބަސްވެވޭ އިންގިލާބު" އަދި "ވެރިއެއްގެ ނިމުން" ފަދަ ފޮތްތައް ވެސް ލިޔުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.