އެލްޖީއޭ ބޯޑުގެ އިންތިހާބުގައި ޕީއެންސީއަށް ބޮޑު ކާމިޔާބީއެއް

އެލްޖީއޭ ބޯޑުގެ އިންތިހާބުގައި ޕީއެންސީއަށް ބޮޑު ކާމިޔާބީއެއް

Author
އަހުމަދު
01 ނޮވެމްބަރ 2026 12:45
0

 

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް މެންބަރުން ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި، ވެރިކަންކުރާ ޕީއެންސީން ބޮޑު ތަފާތަކުން ކުރިހޯދައިފިއެވެ.

ރަށު ކައުންސިލަރުން ތަމްސީލުކުރާ ގޮނޑިއަށް ނެގި ވޯޓުގައި ޕީއެންސީގެ ކެންޑިޑޭޓަށް 314 ވޯޓު ލިބުނުއިރު، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 227 ވޯޓެވެ. މިގޮތުން ޕީއެންސީގެ ކެންޑިޑޭޓު ކާމިޔާބުކުރީ ޖުމްލަ ވޯޓުގެ 58.04 އިންސައްތަ ހޯދައިގެންނެވެ. ރާއްޖޭގެ ހަތަރު އަތޮޅު ފިޔަވައި ބާކީ ހުރިހާ އަތޮޅެއްގައިވެސް ގިނަ ވޯޓު ލިބުނީ ޕީއެންސީގެ ކެންޑިޑޭޓަށެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭ ބޯޑަށް ހޮވަނީ ތިން މެންބަރުންނެވެ. ސިޓީ ކައުންސިލަރުންގެ ތެރެއިން އެކަކު، ރަށު ކައުންސިލަރުންގެ ތެރެއިން އެކަކު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ ރައީސުންގެ ތެރެއިން އެކަކެވެ.

ސިޓީ ކައުންސިލްތަކުގެ ގޮނޑިއަށް ކުރިމަތިލީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ކަމުން، އެ ގޮނޑިއަށް އޭނާ ވަނީ ވޯޓަކާ ނުލައި ކުރިން ހޮވިފައެވެ. އެހެންކަމުން މި ފަހަރު ވޯޓުލުން ބޭއްވީ ރަށު ކައުންސިލަރުންނާއި ޑަބްލިއުޑީސީ ރައީސުންގެ ގޮނޑިތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.