އިންތިހާބުގެ ނާކާމިޔާބީއަށްފަހު ވެސް އެމްޑީޕީއާ އެކު ކުރިއަށްދާނަން: މީކާއިލް

އިންތިހާބުގެ ނާކާމިޔާބީއަށްފަހު ވެސް އެމްޑީޕީއާ އެކު ކުރިއަށްދާނަން: މީކާއިލް

Author
އަހުމަދު
13 ޖޫން 2026 01:11
0

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ނަމަވެސް، ޕާޓީގެ އާންމު މެމްބަރުންނާ އެކު ދެމިހުންނަވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ބޮޑު ތަފާތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބުކުރެއްވި މި އިންތިހާބަށްފަހު، މީކާއިލް ވަނީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ނަޝީދަށް ގުޅުއްވައި މަރުހަބާ ދަންނަވާފައިވާކަން ހާމަކުރައްވާފައެވެ. އަދި އޭނާއަށް ތާއީދުކޮށް ވޯޓުދެއްވި އާންމު މެމްބަރުންނަށާއި ކެމްޕެއިން ޓީމުން ކޮށްދެއްވި ބުރަ މަސައްކަތަށް ހިތުގެ ފުންމިނުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، މީކާއިލް ވިދާޅުވީ އޭނާގެ އެންމެ ބޮޑު އަމާޒަކީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ބާއްވައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތް ކުރެއްވުން ކަމަށެވެ. މިއާއެކު، ޕާޓީގެ އާންމު މެންބަރުންނާ އެކު އަބަދުވެސް ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.