ޕޯސްޓް އޮފީސް ސަރަހައްދުގެ ޖެޓީ ލަފާފުރުމަށް ވަގުތީގޮތުން ހުޅުވާލައިފި

ޕޯސްޓް އޮފީސް ސަރަހައްދުގެ ޖެޓީ ލަފާފުރުމަށް ވަގުތީގޮތުން ހުޅުވާލައިފި

Author
އަހުމަދު
11 ޖޫން 2026 12:26
0

މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއުގެ ތެރެއިން، ޕޯސްޓް އޮފީހާއި ބާސެލޯ ނަސަންދުރާ ހޮޓެލްއާ ދެމެދު އޮތް ޖެޓީ ސަރަހައްދު ލަފާފުރުމަށްޓަކައި އެމްޓީސީސީން ވަގުތީގޮތުން ހުޅުވާލައިފިއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި ސަރަހައްދު ކަނޑު އުޅަނދުފަހަރަށް އަލުން ހުޅުވާލީ، އެއްގަމު ތޮށި ބޭރަށް ޖެއްސުމަށް ކުރިއަށްގެންދާ މަސައްކަތުގެ ބޮޑު ބައެއް ނިމުމާ ގުޅިގެންނެވެ. މީގެ ކުރިން އެ ކުންފުނިން ވަނީ މަސައްކަތް ކުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރައީސް އޮފީހާ ހަމައަށް އޮތް ސަރަހައްދު އެއްކޮށް ބަންދުކޮށްފައެވެ.

ޖެޓީ ސަރަހައްދު ލަފާފުރުމަށް ހުޅުވާލި ނަމަވެސް، މަގުގެ އަމަލީ މަސައްކަތް އަދިވެސް ކުރިއަށްދާތީ އެއްގަމު އުޅަނދުތަކަށް އެ މަގު އަދި ބޭނުމެއް ނުކުރެވޭނެއެވެ. އެހެންކަމުން އެ ސަރަހައްދު ބޭނުންކުރާ އާންމު ފަރާތްތަކުން ސަލާމަތީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، އެތަނުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މި ބޮޑު މަޝްރޫއުގެ ދަށުން، މިހާރު ބަންދުކޮށްގެން މަސައްކަތްކުރަމުންދާ ސަރަހައްދުގެ މަސައްކަތްތައް މި ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް އެމްޓީސީސީން ދަނީ އަމާޒު ހިފާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.