އައްޑޫ ސިޓީ ހިތަދޫގައި ކުށްކުރުމަށާއި މަސްތުވާތަކެތި ބޭނުންކުރުމަށް އާންމުކޮށް ބޭނުންކުރަމުންދިޔަ ގެއެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދުކުރަން އަމުރުކޮށްފައިވަނީ އެރަށު "ލާމިޔާގެ" އެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި، މި ގެއަކީ ވައްކަންކުރުމާއި، ފޭރުމުގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ބަޔަކު ބޭނުންކުރަމުން އައި ތަނެކެވެ.
ކޯޓުން ނެރުނު އަމުރުގެ ދަށުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އެ ގެއަށް އެއްވެސް ބަޔަކު ވަނުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ފުލުހުން ވަނީ، މި މުއްދަތުގެ ތެރޭގައި ހުއްދަނެތި އެ ގެއަށް ވަންނަ މީހުންނާއި، އެތަނަށް އެއްވެސް ގެއްލުމެއްދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.
ކޮމެންޓު ފޮނުވާ