އުކުޅަހުގައި ފަރުމަސްވެރިކަމަށް ޚާއްޞަ ފަސް ޓަނުގެ އައިސްޕްލާންޓެއް ގާއިމުކުރުމަށް ހަވާލުކޮށްފި

އުކުޅަހުގައި ފަރުމަސްވެރިކަމަށް ޚާއްޞަ ފަސް ޓަނުގެ އައިސްޕްލާންޓެއް ގާއިމުކުރުމަށް ހަވާލުކޮށްފި

Author
އަހުމަދު
05 އޮގަސްޓް 2026 11:06
0

އއ. އުކުޅަހުގައި ފަސް ޓަނުގެ އައިސްޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާ ހަވާލުކޮށްފި އެވެ.

އުކުޅަހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ހަވާލުކުރީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން އުކުޅަހުގައި ގާއިމުކުރާނީ ފަސް ޓަނުގެ އައިސްޕްލާންޓެކެވެ. ފާހަގަކޮށްލެވޭ ކަމަކީ ރާއްޖޭގައި ފަރުމަސްވެރިކަމަށް ޚާއްޞަކޮށްގެން އައިސްޕްލާންޓެއް ގާއިމުކުރާ މިއީ ފުރަތަމަ ފަހަރު ކަމެވެ.

އުކުޅަހާއި އެ ސަރަޙައްދުގެ މަސްވެރި ރަށްރަށުގައި ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް އައިސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިފަދަ ބޮޑު ފެސިލިޓީއެއް ޤާއިމުވުމަކީ މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

މި މަޝްރޫއުގެ މައިގަނޑު މަޤުޞަދަކީ އެ އަތޮޅުގެ ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް އައިސް ލިބުމުގައި ދިމާވާ ދަތިކަން ޙައްލުކޮށް، އެމީހުންގެ މަސްވެރިކަން އިތުރަށް ހަރުދަނާކޮށް، އާމްދަނީ އިތުރުކުރުމަށް އެހީތެރިވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.