262 ޙައްޖާޖީންނާއެކު ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ

262 ޙައްޖާޖީންނާއެކު ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ

Author
އަހުމަދު
07 ޖޫން 2026 08:46
0

މިއަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު، ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ހަވީރު އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

މަދީނާއިން ފުރައިގެން ރާއްޖެ އައި ގައުމީ އެއަރލައިން "މޯލްޑިވިއަން" ގެ މި ފްލައިޓުން ޖުމްލަ 262 ޙައްޖާޖީން ވަނީ ރާއްޖެ އައިސްފައެވެ. މި ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު ހަވީރު 16:40 ހާއިރުއެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ޙައްޖަށް ގޮސްފައިވާއިރު، ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. އެއީ ސައުދިއާ އެއަރލައިންސްގެ ދެ ފްލައިޓާއި މޯލްޑިވިއަންގެ ދެ ފްލައިޓެވެ. މީގެ ތެރެއިން ތިންވަނަ ފްލައިޓް މިމަހުގެ 8 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު، އެންމެ ފަހު ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

ޙައްޖުވެރިންނަށް މަރުޙަބާ ކިޔުމަށް ގިނަ ބަޔަކު އެއާޕޯޓަށް ދާނެތީ، ޓްރެފިކް އަދި ޕާކިންގ އަށް ބާރުބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެމްއޭސީއެލްއިން ވަނީ އާންމުން އެއާޕޯޓަށް ދިއުމުގައި އަމިއްލަ އުޅަނދުތަކުގެ ބަދަލުގައި ފެރީ ނުވަތަ ބަސް ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.