ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި ހުންނެވި އިސްހާގު ހުސައިން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަގާމުން ދުރުވެވަޑައިގަތީ އަމިއްލަ ސަބަބުތަކަކާ ގުޅިގެންނެވެ. އެހެންނަމަވެސް އިސްތިއުފާ ދެއްވި ވަކި ޚާއްސަ ސަބަބެއްގެ ތަފްސީލެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. ޓްރައިބިއުނަލްގެ ރައީސްކަމާ އިސްހާގު ހަވާލުވެވަޑައިގަތީ 15 އޭޕްރީލް 2024 ގައެވެ. އެހެންކަމުން އޭނާ އިސްތިއުފާ މި ދެއްވީ އެ މަގާމާ ހަވާލުވެވަޑައިގަތްތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.
ކޮމެންޓު ފޮނުވާ