ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން، ރާއްޖޭގެ 8 ސަރަހައްދަކަށް އެކްސްޕްރެސް ކާގޯގެ ހިދުމަތް ފޯރުކޮށްދޭނެ އެޖެންޓުން ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ކުންފުނިން ބުނީ، މި ހިދުމަތް ދޭން ނިންމާފައިވަނީ މޯލްޑިވިއަނުން ޝެޑިއުލް ދަތުރުތައް ބާއްވަމުން އަންނަ މަންޒިލްތަކަށް ކަމަށާއި، އޭގެ ތެރޭގައި ބ. ދަރަވަންދޫ، ހދ. ކުޅުދުއްފުށި، ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީ ހިމެނޭ ކަމަށެވެ.
މި ހިދުމަތާ ގުޅޭ ގޮތުން މޯލްޑިވިއަނުން ފާހަގަކުރީ، އެކްސްޕްރެސް ކާގޯގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އުފައްދާ ތަކެއްޗާއި މުދާ އެއް ރަށުން އަނެއް ރަށަށް ފޮނުވުމުގައި އަވަސްކަމާއި ފަސޭހަކަން ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރަށްފުށުގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.
ކޮމެންޓު ފޮނުވާ