މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް މީކާއިލް އިންތިޚާބުކޮށްފި

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް މީކާއިލް އިންތިޚާބުކޮށްފި

Author
އަހުމަދު
17 މެއި 2026 02:41
0

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް، މެދުހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއިލް މުހައްމަދު ރިޔާޒު (މިކީ) އިންތިޚާބުކޮށްފިއެވެ.

މި ދައުރުގައި މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީއަށް އޮތްއިރު، ޑެޕިއުޓީ މޭޔަރު ކަމަށް ގެންނާނެ ބޭފުޅަކު ކަނޑައެޅީ އެ ޕާޓީގެ ކައުންސިލަރުންގެ މެދުގައި ނެގުނު އެތެރޭގެ ސިއްރު ވޯޓަކުންނެވެ. މި މަގާމަށް އެމްޑީޕީގެ ފަރާތުން ހަތަރު ކައުންސިލަރަކު ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އޭގެ ތެރެއިން 7 ވޯޓާއެކު އެތެރޭގެ އިންތިޚާބު ކާމިޔާބުކުރެއްވީ މީކާއިލްއެވެ.

އެތެރޭގެ ވޯޓުގައި މީކާއިލްއާ އެންމެ ގާތުން ވާދަކުރެއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ. އޭނާއަށް ލިބިވަޑައިގަތީ 5 ވޯޓެވެ. ދެން ވާދަކުރެއްވި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިލްވާން އަލީ (ރިލޭ) އާއި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އައިޝަތު ހަނާއަށް ލިބިވަޑައިގަތީ ކޮންމެ ބޭފުޅަކަށް 2 ވޯޓެވެ.

ޕާޓީގެ އެތެރޭގެ އިންތިޚާބުން ކުރި ހޯއްދެވުމަށްފަހު، ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ކައުންސިލަރުންގެ މެދުގައި ނެގުނު ރަސްމީ ވޯޓުވެސް ކާމިޔާބުކުރައްވައި މީކާއިލް ވަނީ ޑެޕިއުޓީ މޭޔަރުގެ މަގާމު ރަސްމީކޮށް ކަށަވަރުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.