ވ. އަތޮޅުން ގެއްލުނު ޑައިވަރުންގެ ތެރެއިން މަރުވީ އިޓަލީގެ މަޝްހޫރު ޕްރޮފެސަރެއް

ވ. އަތޮޅުން ގެއްލުނު ޑައިވަރުންގެ ތެރެއިން މަރުވީ އިޓަލީގެ މަޝްހޫރު ޕްރޮފެސަރެއް

Author
އަހުމަދު
15 މެއި 2026 11:03
0

ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޓޫރިސްޓުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނުނީ އިޓަލީގެ ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯންއެވެ.

އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ 60 މީޓަރު އަޑީގައި އޮންނަ ކޭވްއެއްގެ ތެރެއިންނެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މޮނިކާއަކީ ކަނޑުގެ މާހައުލާއި ދިރުންތަކާ ގުޅޭ ތަޖުރިބާކާރު ދިރާސާވެރިއެއްގެ އިތުރުން، އިޓަލީގެ މަޝްހޫރު ޓީވީ ޝަހުސިއްޔަތެކެވެ.

މި ހިތާމަވެރި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި މޮނިކާއާއެކު ޑައިވިނަށް ދިޔަ އޭނާގެ 20 އަހަރުގެ އަންހެން ދަރިފުޅުވެސް ހިމެނެއެވެ. ނަމަވެސް އެ ޒުވާނާގެ ހަށިގަނޑު އަދި މިހާތަނަށް ފެނިފައެއް ނުވެއެވެ. މި ފަސް ޑައިވަރުން ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ މެންދުރު 13:45 ހާއިރުއެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދޭގޮތުގައި، އަދިވެސް ނުފެނިވާ ހަތަރު ޑައިވަރުން ތިބިކަމަށް ލަފާކުރެވެނީ ދިގުމިނުގައި 200 ފޫޓު ހުންނަ އެ ކޭވްގެ ތެރޭގައެވެ. އެހެންކަމުން، އެ މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން މިހާރު ދަނީ ވަރަށް ނުރައްކާތެރި އަދި އުނދަގޫ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.