ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ޚާއްސަ ދައުވަތަކަށް، ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޮރޭ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މިއީ ސީޝެލްސްގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ބެރީ ރާއްޖެ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.
މި ތާރީޚީ ދަތުރުފުޅުގައި މިނިސްޓަރު އިރުތިޝާމްއާ ބައްދަލުކުރައްވައި، ދެ ގައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެއެވެ. ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، މި ދަތުރުފުޅަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއެކު ގާތް ގުޅުމެއް ބޭއްވުމަށް ރާއްޖެއިން ދޭ ޚާއްސަ އަހައްމިއްޔަތުކަން ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމެކެވެ.
ކޮމެންޓު ފޮނުވާ