މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބައެއް އަތޮޅުތަކަށް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ފ. އަތޮޅުގެ ނިޔަލަށެވެ. މިއަދު މެންދުރު 13:00 އާ ހަމައަށް ނެރެފައިވާ މި އެލާޓްގައި، އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އެލާޓް ނެރެފައިވާ ސަރަހައްދުތަކުގެ އިތުރުން، ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް މިއަދު ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. މި ވިއްސާރައިގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށާއި، ކަނޑުތަކުގެ ރާޅުގެ އުސްމިން 8 ފޫޓަށް އަރާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.
ކޮމެންޓު ފޮނުވާ