ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އާޝިޔަތު އަލައިކާ އައްޔަންކުރައްވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަލައިކާ އެ މަގާމަށް އައްޔަންކުރެއްވި ނަމަވެސް ސަރުކާރުން އަދި މިކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އޭނާއަށް މި އިސް މަގާމު ދެއްވާފައި މިވަނީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އަލައިކާއަކީ މިދިޔަ މަހު ބޭއްވި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސްކަމަށް ސަރުކާރު ކޯލިޝަންގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓެވެ. އެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ރީޝާއާ ދެމެދު ބޮޑު ވާދަވެރިކަމެއް އުފެދިގެން ދިޔައިރު، އަލައިކާގެ މައްޗަށް ކުރިހޯއްދަވައި އެ ގޮނޑި ކާމިޔާބުކުރެއްވީ ރީޝާއެވެ.
ކޮމެންޓު ފޮނުވާ