އިހަވަންދޫ ކައުންސިލްގެ އަމިއްލަ ދެ މެންބަރަކު ޕީއެންސީއާ ގުޅިއްޖެ

އިހަވަންދޫ ކައުންސިލްގެ އަމިއްލަ ދެ މެންބަރަކު ޕީއެންސީއާ ގުޅިއްޖެ

Author
އަހުމަދު
12 މެއި 2026 03:57
0

ހއ. އިހަވަންދޫ ކައުންސިލަށް އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ ދެ މެންބަރަކު މިއަދު ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީއާ އަލަށް ގުޅިވަޑައިގަތީ އެ ކައުންސިލްގެ މެންބަރު މުޙައްމަދު ފިރާޤާއި، އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވި އައިޝަތު ސަމާހަތެވެ. މި ދެ މެންބަރުންގެ އިތުރުން، މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަޙްމަދު ސަބާޙް ވެސް މިއަދު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

ޖުމްލަ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިހަވަންދޫ ކައުންސިލްގެ މެޖޯރިޓީ މިވަގުތު އޮތީ އިދިކޮޅު އެމްޑީޕީއަށެވެ. އެގޮތުން ކައުންސިލްގެ ރައީސްގެ ގޮނޑި ހިމެނޭހެން ކައުންސިލްގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ އެ ޕާޓީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.