އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހުރި އޭޓީއެމްއަކަށް މީހަކަށް ދޫކޮށްލެވުނު ބޭންކު ކާޑެއް ނަގައިގެން ވިޔަފާރިކުރި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ މީހާ ކާޑު ނަގާ މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. ނަމަވެސް، ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން އަދި މިހާތަނަށް ފުލުހުންނަށް ދެނެގަނެވިފައެއް ނުވެއެވެ.
ފުލުހުން ވަނީ ވީޑިއޯއިން ފެންނަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް އެދިފައެވެ. އަދި މިފަދަ މައްސަލަތަކުގައި ކުށްވެރިން ހޯދުމަށް އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ