ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.
ފުލުހުން ބުނި ގޮތުގައި، 49 އަހަރުގެ މި ދިވެހި ފިރިހެންމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަން ފުލުހުންނަށް އެނގިފައިވަނީ ރޭ ދަންވަރު 12:09 ހާއިރު ހޮސްޕިޓަލުން ރިޕޯޓްކުރި ހިސާބުންނެވެ.
ހަމަލާ ދިން ތަނާއި ހާލަތާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ. މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ