ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ 2026 ވަނަ އަހަރުގެ އެޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ މެއި މަހުގެ 7 ވަނަ ދުވަހުއެވެ. މިހާރު މި މައްސަލަ ފުލުހުންނާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތައް ގުޅިގެން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ