ޙާލަތަށް ބަލައި ރިޔާސީ ބައެއް ވަޢުދުތަކަށް ވާނީ ބަދަލު ގެނެސްފަ: މުންދު

ޙާލަތަށް ބަލައި ރިޔާސީ ބައެއް ވަޢުދުތަކަށް ވާނީ ބަދަލު ގެނެސްފަ: މުންދު

Author
އަހުމަދު
07 މެއި 2026 03:05
0

ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބައެއް ވަޢުދުފުޅުތަކަށް މިހާރުވެސް ބަދަލުތަކެއް ގެނެވިފައިވާކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި "ޕްރެސަރ ވިތް ސްޕޯކްސް" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ރައީސްގެ ވަޢުދުފުޅުތަކަކީ ސަރުކާރާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެވަޑައިގެންފައިވާ ވަޢުދުތަކެއް ކަމަށާއި، ވެރިކަމާ ހަވާލުވުމަށްފަހު އޮތް ޙާލަތަށް ބަލައި ބައެއް ކަންކަން ރިވައިސްކޮށްފައިވާނެ ކަމަށެވެ. މިގޮތުން، ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރެއްވުމަށް އިންތިޤާލީ މަރުހަލާގައި ކަނޑައެޅުނު ނަމަވެސް، އެ ޢަދަދަކީވެސް ފަހުން މުރާޖަޢާކުރެވިފައިވާ ޢަދަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މުންދު އިތުރަށް ވިދާޅުވި ގޮތުގައި، ވެރިކަމަށް ވަޑައިގަތުމަށްފަހު އިއްވެވި ރިޔާސީ ބަޔާންތަކުގައިވެސް ރައީސް އައު ވަޢުދުތަކެއް ވެވަޑައިގެންފައިވާނެ ކަމަށާއި، ކަންކަން ތަންފީޒުކުރުމުގައި ޙާލަތާއެކު ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ. ހަމައެއާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދުން ތިންބައިކުޅަ އެއްބައި މަދުކުރުމަށް މިހާރު އަންގަވާފައިވާ ކަމަށާއި، އެ މަސައްކަތް ޢަމަލީގޮތުން ފެށިފައިވާކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.