އެމްޑީޕީއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި މުޅި އޮނިގަނޑު މުލުން ލުހެލަން ޖެހުނު: ޝިއްޕެ

އެމްޑީޕީއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި މުޅި އޮނިގަނޑު މުލުން ލުހެލަން ޖެހުނު: ޝިއްޕެ

Author
އަހުމަދު
07 މެއި 2026 10:34
0

އެމްޑީޕީ ރޫޅާލަން ނުކުމެ އެކަން ކާމިޔާބުކުރި ފަރާތްތަކަށް، އެ ޕާޓީ އަލުން އެކުލަވާލައި މައްސަލަތައް ހައްލުކުރަންވެސް އެނގޭނެކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިއްޕެ ވިދާޅުވީ، އެއްޗެއްގައި މައްސަލައެއް ޖެހުމުން އެކަން ދެނެގަނެވޭނީ އެ އެއްޗެއް ރޫޅާލައިގެން ކަމަށެވެ. އެގޮތުން އެމްޑީޕީއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި މުޅި އޮނިގަނޑު މުލުން ލުހެލަން ޖެހުނުކަމަށާއި، އެއީ ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ކޮންމެހެން ކުރަންޖެހުނު ކަމެއްކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި އެކަން ކުރި ބަޔަކަށް އަލުން އެ ޕާޓީ ކުރިއަށްވުރެ ހަރުދަނާކޮށް ބިނާކުރުމުގެ ފުރިހަމަ ޤާބިލުކަން ހުންނާނެކަމުގެ ޔަޤީންކަން ޝިއްޕެ ދެއްވިއެވެ.

ޝިއްޕެ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ނުލައި އެމްޑީޕީއަށް ލިބުނު އެއްވެސް މޮޅެއް ނެތެވެ. އަދި 2028 ވަނަ އަހަރު އެ ޕާޓީގެ ވެރިކަމެއް ގެނެސް، ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނީ ނަޝީދު އަލުން އިސްސަފަށް ނެރެ، އެމަނިކުފާނުގެ މެނިފެސްޓޯއާ އެކީގައި ކުރިއަށް ގޮސްގެންކަމަށް އޭނާ ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދުނު ބޮޑެތި ހިޔާލުތަފާތުވުންތަކާ ގުޅިގެން ނަޝީދާއި ޝިއްޕެގެ އިތުރުން ގިނަ އަދަދެއްގެ އާންމު މެމްބަރުންނާއި މަޖިލިސް މެމްބަރުންތަކެއް ވަނީ އެ ޕާޓީ ދޫކުރައްވައި 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި އައު ޕާޓީއެއް އުފައްދަވާފައެވެ. އެ ދުވަސްވަރު ޑިމޮކްރެޓްސްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ އެމްޑީޕީ "ރޫޅާލާނެ" ކަމަށް ހަރުއަޑުން ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.