ހުޅުމާލެ ފޭސް 2 އިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

ހުޅުމާލެ ފޭސް 2 އިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

Author
އަހުމަދު
06 މެއި 2026 02:54
0

ހުޅުމާލެ ފޭސް 2 ގައި ދިރިއުޅެމުންދާ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި ގެއްލިގެން ހޯދަމުންދަނީ ހމ. ފްލެޓްނަންބަރު 05-3-2 އަށް ނިސްބަތްވާ، އާއިޝަތު އަލްޔާ އަލީ އެވެ. އާއިލާއިން ބުނާގޮތުގައި އަލްޔާ މިހާރު ދިރިއުޅެމުންދަނީ ހިޔާ ޓަވަރު 16 ގައެވެ. އޭނާ ގެއިން ނުކުމެގެން ގޮސްފައިވަނީ މެއި 05، 2026 ވަނަ ދުވަހުގެ ހަވީރު 16:15 ހާއިރުއެވެ. ގެއިން ނުކުތްއިރު އޭނާ ލައިގެން ހުރީ ހުދުކުލައިގެ ރޮނގުދެމި ކްރޮޕް ޓޮޕަކާއި، މަޑު ނޫކުލައިގެ ޖީންސެއްގެ އިތުރުން ކަޅު ކުލައިގެ ޝޯލެއް ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

އަލްޔާގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެރޭ ދަންވަރުގެ ވަގުތެއްގައެވެ. މައްސަލަ ރިޕޯޓްކުރުމާއެކު ފުލުހުންގެ ކަމާގުޅޭ ގުނަވަންތަކުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވީނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އަދި އެ ކުއްޖާ ފެނިފައެއް ނުވެއެވެ. ފުލުހުން ވަނީ އަލްޔާގެ ފޮޓޯ އާންމުކޮށް، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް އާންމުންގެ ކިބައިން އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.