ބްލެކްމެއިލްކޮށް އޮރިޔާން ކާޑު ހެދި އަންހެނަކު 6 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ބްލެކްމެއިލްކޮށް އޮރިޔާން ކާޑު ހެދި އަންހެނަކު 6 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

Author
އަހުމަދު
06 މެއި 2026 02:51
0

އޮރިޔާން ކާޑު އުފައްދައި، މީހުން ބްލެކްމެއިލްކުރިކަން ސާބިތުވި އަންހެނަކު ހަ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ހުކުމް އިއްވާފައިވަނީ މާލެ، ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލި އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާ އާއި ބްލެކްމެއިލް ކުރުމުގެ ކުށުގެ ދައުވާއަށް، ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ އަމިއްލައަށް އިއުތިރާފުވެފައެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއަށް އިއުތިރާފުވުމާ ގުޅިގެން، ކްރިމިނަލް ކޯޓުން ވަނީ ކޮންމެ ދައުވާއަކަށް ތިން އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައަޅާފައެވެ. އެހެންކަމުން އޭނާ ތަންފީޒުކުރަން ޖެހޭ ޖުމްލަ ހުކުމަކީ ހަ އަހަރު ދުވަހުގެ ޖަލު އަދަބެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.