ރައީސަށް ތުހުމަތުކުރި "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި އީޝާ ފުލުހަށް ހާޒިރުކޮށްފި

ރައީސަށް ތުހުމަތުކުރި "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި އީޝާ ފުލުހަށް ހާޒިރުކޮށްފި

Author
އަހުމަދު
05 މެއި 2026 10:32
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި އައިޝަތު އީޝާ އަޝްރަފު މިރޭ ފުލުހަށް ހާޒިރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ޕާސްޕޯޓު ވެސް ހިފަހައްޓާފައިވާ އީޝާ، އޭނާގެ ވަކީލާއެކު ހުޅުމާލޭ ފޭސް 1 ގައި ހުންނަ ފުލުސް އޮފީހަށް ހާޒިރުވީ މިރޭ 9:00 ގައެވެ. ފުލުހުން އޭނާ ހާޒިރުކުރީ، 2026 މާޗު 28 ވަނަ ދުވަހު އަދަދު ނޫހުގެ އެކްސް އެކައުންޓުގައި ޝާއިއުކުރި ވީޑިއޯ ރިޕޯޓު މެދުވެރިކޮށް ރައީސަށް ގަޒްފުކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައެވެ.

މި ޑޮކިއުމެންޓްރީގެ މައްސަލައިގެ ތަހުގީގަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ އެތަން ބަލައި ފާސްކޮށްފައެވެ. މީގެ އިތުރުން، އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒްފުގެ ކުށާއި، ކުށެއް ކުރުމަށް ރޭވުމާއި ބައިވެރިވުމުގެ ތުހުމަތު ހިމެނޭހެން ޖުމްލަ ފަސް ޖިނާއީ ތުހުމަތެއްކޮށް، އެ ދެ މީހުން ވެސް ފުލުހަށް ހާޒިރުކޮށް ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.