ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު ޖުމްލަ ތިން ބޭފުޅަކު ކުރިމަތިލައްވައި، އިންތިޚާބުގެ ކެމްޕޭން ފޯރިގަދަވެއްޖެއެވެ.
މި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ކެންޑިޑޭޓް ނަންބަރު 1، ގ. ކެނެރީގެ މުޙައްމަދު ނަޝީދާއި، ކެންޑިޑޭޓް ނަންބަރު 2، ލ. ފޮނަދޫ ހުދުވިލާގެ އިބްރާހިމް މުޙައްމަދު (ވާޑު) ގެ އިތުރުން ކެންޑިޑޭޓް ނަންބަރު 3، ގ. ބަރޯސާ މީކާއިލް އަޙްމަދު ނަސީމެވެ. ކުރިން މި އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާންކުރެއްވި އަލްހާން ފަހުމީ ފަހުން ވަނީ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވާފައެވެ.
މަގާމަށް ތިން ބޭފުޅުން ކުރިމަތިލައްވާފައިވާއިރު، އިންތިޚާބުގެ ކެމްޕޭނުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން، ރައީސް ނަޝީދުގެ ކެމްޕޭނު ހަރަކާތްތަކުގައި އިބުރޭ އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާތީ އެކަމާ ގުޅިގެން ޕާޓީގެ އެތެރޭގައި ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.
މީގެ އިތުރުން، ޗެއާޕާސަން ހޮވުމާ ގުޅޭގޮތުން ކޮށްފައިވާ އިއުލާނެއް ބާތިލުކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންގާފައިވާކަމުގެ ރިޕޯޓުތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އިންތިޚާބުގެ ތެރެއިން ސިޔާސީ މަސްރަޙު ހޫނުވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން އޭނާ ކުރެއްވީ ކޮންކަމެއްކަން ސާފުކޮށްދެއްވުމަށް ކެންޑިޑޭޓް މީކާއިލް ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ