ރާއްޖެއަށް އިންތިހާއަށް ހޫނު: މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން 38 ޑިގްރީއަށް!

ރާއްޖެއަށް އިންތިހާއަށް ހޫނު: މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން 38 ޑިގްރީއަށް!

Author
އަހުމަދު
30 އޭޕްރިލް 2026 12:33
0

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހޫނުމިން އިންތިހާއަށް މައްޗަށް ގޮސް، މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން މިއަދު 38 ޑިގްރީ ސެލްސިއަސްއަށް އަރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.

މެޓް އޮފީހުން މިއަދު ހެނދުނު 11:00 ގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު އެންމެ ހޫނުގަދަ ކަމަށް ރެކޯޑުކުރެވިފައިވަނީ ހުޅުލެ ސަރަހައްދަށެވެ. އެ ސަރަހައްދަށް 38.2 ޑިގްރީގެ ހޫނުމިނެއް އިހުސާސްކުރެވޭއިރު، އުތުރުން ހަނިމާދޫއަށް 38 ޑިގްރީ އަދި މެދު ރާއްޖެތެރެއިން ކައްދޫއަށް 36.2 ޑިގްރީ ސެލްސިއަސްގެ ހޫނުމިނެއް އިހުސާސްކުރެވެއެވެ. މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ބަލާއިރު، ކާޑެއްދޫއަށް 32.7 ޑިގްރީ އަދި އައްޑޫ ސިޓީ ގަމަށް 33.2 ޑިގްރީ ސެލްސިއަސްގެ ހޫނުމިނެއް ވަނީ ރެކޯޑުކުރެވިފައެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ސްޓޭޝަންތަކުން ނަގާ މި މައުލޫމާތު، މެޓް އޮފީހުގެ ރަސްމީ ވައިބާ ގްރޫޕުގައި ކޮންމެ ދުވަހަކު ތިން ފަހަރެއްގެ މަތިން އާންމުކުރެއެވެ. އެއީ ހެނދުނު 11:00 ގައާއި، މެންދުރުފަހު 14:00 ގެ އިތުރުން ހަވީރު 17:00 ގައެވެ. މެޓް އޮފީހުން މައުލޫމާތު ދޭގޮތުގައި ކޮންމެ ދުވަހަކުވެސް އެންމެ ބޮޑަށް ހޫނުގަދަވާ ކަމަށް ފާހަގަކުރެވެނީ މެންދުރުފަހު 2:00 ހާއިރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.