މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މެޓް އޮފީހުން މި ދެ ސިޓީއަށް ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 15:30 އިން ފެށިގެން މިރޭ 21:30 އާ ހަމައަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.
ދެކުނުގެ އަތޮޅުތަކަށް މިއަދު އެލާޓް ނެރެފައިވާއިރު، މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ހުއްޓާނުލައި ވިއްސާރަކުރަމުންދާތީ، ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައްވެސް ދަނީ ކުރިމަތިވަމުންނެވެ.
ކޮމެންޓު ފޮނުވާ