ނަޝީދުގެ ހުށަހެޅުއްވުން: ސަރުކާރުގެ ވެރިއަކަށް ފައްޔާފައްޔާޒު، ދައުލަތުގެ ވެރިއަކަށް ނަޝީދު

ނަޝީދުގެ ހުށަހެޅުއްވުން: ސަރުކާރުގެ ވެރިއަކަށް ފައްޔާފައްޔާޒު، ދައުލަތުގެ ވެރިއަކަށް ނަޝީދު

Author
ހުސައިން
19 އޭޕްރިލް 2026 04:51
0

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ތާއީދުކުރައްވަން ނިންމަވައި، އެކަން މިއަދު ރަސްމީކޮށް އިއުލާންކުރައްވައިފިއެވެ.

މިއަދު މި ދެ ބޭފުޅުން އެކުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، 2028 ވަނަ އަހަރުގެ ކުރިން ސިޔާސީ މައިދާނަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.

އަދި މި ބަދަލުތައް ގެނައުމަށްޓަކައި ކުރިއަށް އޮތް ތަނުގައި މަގުމަތީގެ ހަރަކާތްތައް ފެށުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވަމުން ގެންދަވާނެކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. މި ނިންމެވުމާއެކު ދެ ބޭފުޅުން ގުޅިގެން ސިޔާސީ އާ މަސައްކަތްތަކެއް ފައްޓަވާނެކަން މިވަނީ ޔަގީންވެފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ބޭނުންފުޅުވަނީ 2028ގެ ކުރިން މި ބޮޑު ބަދަލު ގެނައުން ކަމަށާއި، އެހެންނަމަވެސް އެހާތަނާ ހަމަޔަށް މިބަދަލު ނުގެނެވިއްޖެނަމަ، ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، އިންތިޚާބު ކާމިޔާބު ވުމާއެކު ފެންނަ ނުފެންނަ ވޯޓަކަށްގޮސް މި ބަދަލު ގެނައުން ކަމަށެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި ފެންނަ ނުފެންނަ ވޯޓަކަށް ފަހު ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލު ގެންނާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.