މެދުކެނޑުމަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު އަލުން ފަށަނީ

މެދުކެނޑުމަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު އަލުން ފަށަނީ

Author
އަހުމަދު
06 އޭޕްރިލް 2026 04:11
0

ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު އަލުން ފެށުމަށް މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.

މަޖިލީހުގެ މީޑިއާ އޮފިޝަލަކު މިކަން ކަށަވަރުކޮށްދެއްވާފައިވާއިރު، މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މާރިޗު މަހުގެ 8 ވަނަ ދުވަހުއެވެ. އެހެންކަމުން އަންނަ ހަފްތާގެ ހޯމަ ދުވަހު އަލުން ޖަލްސާތައް ފަށާއިރު، މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ނުބާއްވާތާ 35 ދުވަސް ވާނެއެވެ.

މިއަހަރުގެ މަޖިލީހުގެ ޖަލްސާތައް ފެބްރުވަރީ 5 ގައި ފެށުމަށްފަހު، އެ މަހުގެ ތެރޭގައި ބާއްވާފައިވަނީ ތިން ޖަލްސާއެކެވެ. އޭގެ ފަހުން މާރިޗު މަހު ބޭއްވި ހަމައެކަނި ޖަލްސާއަށްފަހު ތަޅުމުގެ މަސައްކަތްތައް މެދުކެނޑުނު ނަމަވެސް، މަޖިލީހުގެ ކޮމިޓީތަކުގެ މުހިންމު މަސައްކަތްތައް މެދުނުކެނޑި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެންމެ ފަހުންވެސް ކޮމިޓީ ބައްދަލުވުމެއް ބާއްވާފައިވަނީ ނިމިދިޔަ މާރިޗު މަހުގެ 30 ވަނަ ދުވަހުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.