އުތީމާއި މަޑުއްވަރީގެ ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

އުތީމާއި މަޑުއްވަރީގެ ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

Author
އަލީ ރައޫފް
26 މާރޗް 2026 03:38
0

ހއ. އުތީމާއި ރ. މަޑުއްވަރީގެ ބަނދަރު ތަރައްޤީކޮށް، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ބޮޑު މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފެވެ.

މަޑުއްވަރީ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި 11،050 ކިއުބިކް މީޓަރުގެ ވެލިން ބެކްފިލް ކުރުން ހިމެނެއެވެ. މީގެ އިތުރުން 308 މީޓަރުގެ އައު އެއްގަމު ތޮއްޓެއް ލުމާއި، 184 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމާއެކު، 25 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި ބަނދަރު ސަރަޙައްދުގައި ފެންހިންދާ ނިޒާމާއެކު ކޮންކްރީޓް ޕޭވްމަންޓް ހަދައި ބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

އުތީމު ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ 510 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ރަށުގެ އައު ބަނދަރާއި ބައު ބަނދަރުގެ އިތުރުން ނެރު ފުންކުރުމާއި، ބިން ހިއްކުމުގެ މަސައްކަތް ކުރާނެއެވެ. ހަމައެއާއެކު، އައު އެއްގަމު ތޮއްޓެއް ޤާއިމުކުރުމާއި، ބައު ތޮށި މަރާމާތުކުރުމާއި، ބޮޑުހިލައިގެ ބޭރުތޮއްޓަކާއި ޗެނަލް ބްރޭކްވޯޓަރ، ގްރޮއިން އަދި ރިވެޓްމަންޓް ޖެހުމުގެ އިތުރުން، ބަނދަރަށް ބޭނުންވާ އެހެނިހެން ޒަމާނީ ވަސީލަތްތައް ޤާއިމުކުރުން މި މަޝްރޫޢުގައި ހިމެނިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.