މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލަނީ

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލަނީ

Author
ޙަސަން މުޙައްމަދު
22 މާރޗް 2026 10:17
0

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހުޅުވާލުމަށް ރައީސް އޮފީހުން ނިންމައިފިއެވެ.

މިމަހުގެ 25 ވާ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ރައީސް އޮފީހުން މައުލޫމާތު ދޭގޮތުގައި، އިނާމަށް ނަން ހުށަހެޅޭނީ ހަމައެކަނި އެ އޮފީހުގެ 'ފޯމު ހުށަހެޅުން' ޕޯޓަލް މެދުވެރިކޮށެވެ. އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އޮފީހުން ވަނީ އެދިފައެވެ.

މައިގަނޑު 39 ދާއިރާއަކުން މިއަހަރުވެސް އިނާމު ދިނުމަށް ކަނޑައަޅާފައިވާއިރު، އަމިއްލަ ފަރާތްތަކަށާއި، ކުންފުނިތަކާއި ޖަމިއްޔާތަކަށް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ސީދާ ނަން ހުށަހެޅޭނެއެވެ. އަދި އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށާއި، ސަރުކާރުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކަށްވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ގައުމީ އިނާމު ދިނުން އޮންނާނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. މީގެ އިތުރުން، ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މޭ މަހުގެ 6 ވަނަ ދުވަހު ހުޅުވާލުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.