މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުގެ ޔަންގް ލީޑަރުން އިސްނަގައިގެން ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކުރިއަށްގެންދިޔަ "ޢީދު ޕްރޮޖެކްޓް" ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މިއީ 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ވަޅު ޢީދު ދުވަހު ގަރލް ގައިޑްސް އެސޯސިއޭޝަނުން މެދުނުކެނޑި ކުރިއަށްގެންދާ ވަރަށް ޚާއްޞަ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ މަރުކަޒުގައި ތިބޭ ފަރާތްތަކާ ބައްދަލުކޮށް، އެމީހުންނާއެކު ޢީދުގެ އުފާވެރިކަން ހިއްސާކުރުމާއި ޢީދު ހަދިޔާ ދިނުމެވެ. މިއީ މި ޕްރޮޖެކްޓް މިގޮތަށް ކުރިއަށްގެންދާތާ 27 ވަނަ އަހަރެވެ.
މި އަހަރުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެން، ޗީފް ގައިޑް ސާޖިދާ މުޙައްމަދު ވަނީ މަރުކަޒުގައި ތިބޭ ފަރާތްތަކާ ގާތުން ބައްދަލުކުރައްވައި، އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުއްވާފައެވެ. އަދި އެ ފަރާތްތަކާއެކު ވަގުތު ހޭދަކުރައްވައި، ޢީދު ހަދިޔާ ބަދަލުކުރައްވައި ޢީދުގެ އުފަލުގައި އެކަމަނާ ވަނީ ފުރިހަމައަށް ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ