ވެމްކޯ ސައިޓުގައި އަނިޔާވި މުވައްޒަފުގެ ހާލު ރަނގަޅުވެ، ވެންޓިލޭޓަރުން ނަގައިފި

ވެމްކޯ ސައިޓުގައި އަނިޔާވި މުވައްޒަފުގެ ހާލު ރަނގަޅުވެ، ވެންޓިލޭޓަރުން ނަގައިފި

Author
ޙަސަން މުޙައްމަދު
26 ފެބްރުއަރީ 2026 03:11
0

މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ވެމްކޯގެ މާލެ ސައިޓުގައި ހިނގި ހާދިސާއެއްގައި އަނިޔާވި އެ ކުންފުނީގެ މުވައްޒަފުގެ ހާލު ރަނގަޅުވަމުން އަންނާތީ، ވެންޓިލޭޓަރުން ނަގައި ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) އަށް ބަދަލުކޮށްފިއެވެ.

ވެމްކޯއިން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ހާމަކުރި ގޮތުގައި، އައިޖީއެމްއެޗްގައި ފަރުވާދެމުންދާ އެ މުވައްޒަފު ވެންޓިލޭޓަރުން ނަގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ކުރިން އޭނާއަށް ފަރުވާދެމުން އައީ ވެންޓިލޭޓަރުގެ އެހީގައެވެ. ނަމަވެސް މިހާރު އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ވެމްކޯއިން ވަނީ ބަލިމީހާގެ އާއިލާއާ ގުޅިގެން ހުރިހާ ކަމެއްވެސް ވަރަށް ގާތުން ބަލަހައްޓަމުން ގެންދާކަމުގެ ޔަގީންކަން ދީފައެވެ. އެގޮތުން މުވައްޒަފުގެ ބޭސްފަރުވާގެ އެންމެހައި ކަންކަމާއި ޚަރަދުތައް ހަމަޖައްސައިދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ބަލިމީހާގެ ޚިދުމަތުގައި އެހީތެރިވުމަށް އެ ކުންފުނީގެ މުވައްޒަފެއް އަބަދުވެސް ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ވެމްކޯއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.