ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފުލުހުންގެ އިދާރާއަށް ހާޒިރުވެ، އޭނާގެ ހާލު ރަނގަޅު ކަން ފުލުހުން ކަށަވަރުކޮށްދީފި އެވެ.
ގެއްލިގެން ހޯދަމުންދިޔައީ ހ. ފެވަރިޓްވިލާ، މާލޭގެ އިބްރާހީމް އިމްތިޔާޒް ޢަލީ، 30 އަހަރު އެވެ. ފެބްރުއަރީ 13 ވަނަ ދުވަހު މެންދުރު 12:00 އާއި 1:00 ދެމެދު ގެއިން ބޭރަށް ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިގެން ދިޔައީ އެވެ. ގެއިން ބޭރަށް ދިޔުމުގެ ކުރިން ގޭގައި ހުއްޓައި އާއިލާ މެމްބަރުންނަށް ފެނިފައިވެ އެވެ.
ފެބްރުއަރީ 17 ވަނަ ދުވަހުގެ ހަވީރު 5:15 ހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ފުލުހުންގެ ހުރިހާ ބަހާތަކަށް މައުލޫމާތު ހިއްސާކޮށް، ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. ނަމަވެސް ހޯދުމުގެ މަސައްކަތް ކުރިއަށްދިޔަ ދުވަސްތަކުގައި ވެސް ފެނިފައެއް ނުވެ އެވެ.
ފުލުހުން ބުނި ގޮތުގައި އިބްރާހީމް އިމްތިޔާޒް ފުލުހުންގެ އިދާރާއަށް ހާޒިރުވީ އިއްޔެ ރޭ އެވެ. ނަމަވެސް، ގެ ނީލިގެންދިޔަ ދެތިން ހަތަރު ދުވަހު ހުރި ތަނެއް ނުވަތަ ދިޔަ ތަނެއް ބުނެފައިނުވާ ކަމަށް ވެ އެވެ.
ކޮމެންޓު ފޮނުވާ