ރާއްޖޭގެ 12 ރަށަކަށް މުވައްޒަފުން ހޯދަން ބީއެމްއެލް އިން އިއުލާނުކޮށްފި

ރާއްޖޭގެ 12 ރަށަކަށް މުވައްޒަފުން ހޯދަން ބީއެމްއެލް އިން އިއުލާނުކޮށްފި

Author
ޙަސަން މުޙައްމަދު
15 ފެބްރުއަރީ 2026 10:41
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިމެނޭ 12 ރަށެއްގައި މަސައްކަތް ކުރުމަށް މުވައްޒަފުން ހޯދުމަށް މިއަދު އިއުލާނުކޮށްފިއެވެ.

ގައުމީ ބޭންކުން މިއަދު އާންމުކުރި އިއުލާނުގައިވާ ގޮތުން، އެ ބޭންކުން ހޯދަމުންދަނީ ފައިނޭންޝިއަލް ދާއިރާގެ މަގާމުތަކަށް ބޭނުންވާ މުވައްޒަފުންނެވެ. މީގެ ތެރޭގައި ލީޑް ފައިނޭންޝިއަލް އެޑްވައިޒަރުންނާއި، ސީނިއާ ފައިނޭންޝިއަލް އެޑްވައިޒަރުންގެ އިތުރުން ފައިނޭންޝިއަލް އެޑްވައިޒަރުން ހިމެނެއެވެ.

މި ވަޒީފާތަކަށް މީހުން ހޯދުމަށް ހަމަޖެހިފައިވަނީ ގއ. ގެމަނަފުށި، ލ. ހިތަދޫ، ތ. ވިލުފުށި، ލ. މާވަށް، ށ. ކަނޑިތީމު، ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، ސ. ހުޅުދޫ، އދ. މާމިގިލި، އއ. ތޮއްޑޫ، ރ. އަލިފުށި އަދި ޅ. ހިންނަވަރަށެވެ.

ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން، އެ ބޭންކުގެ "ކެރިއާ" ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ ނުވަތަ ސުންގަޑިއަކީ މި ހިނގާ މަހުގެ 19 ވަނަ ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.