ސޯޝަލް މީޑިއާ ބޭނުންކުރެވޭ އުމުރު 16 އަހަރަށް ހިފެހެއްޓުމަށާއި، ކޮންމެ ފަންތިއެއްގެ ދަރިވަރަކަށް ވެސް ސްކޫލަށް ފޯނު ނުވެއްދޭ ގޮތް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
ސ. ހިތަދޫ، އަތަމާވިލާ، އަލީ އާނިމް މުފީދު ހުށަހަޅާ މި ޕެޓިޝަނުގައި ސޮއިކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ނިޒާމު މެދުވެރިކޮށް، އީފާސް ބޭނުންކޮށްގެންނެވެ.
ޕެޓިޝަނުގައި ބުނެފައިވަނީ، ބެލެނިވެރިންގެ ސަމާލުކަން ނެތި ކުޑަކުދިން ޔޫޓިއުބް، ޓިކްޓޮކް ފަދަ ވަސީލަތްތައް ބޭނުންކޮށް، ފާހިޝް އަމަލުތަކާއި ބަސްތަކަށް ހުށަހެޅިގެން ދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުދިންގެ އަހުލާގަށް ނޭދެވޭ ބަދަލުތަކެއް އަންނަ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ޕެޓިޝަނުގެ ދަށުން ގާނޫނު އިސްލާހުުކޮށް، ގަވައިދާ ހިލާފަށް ސޯޝަލް މީޑިއާ ބޭނުންކުރާ ކުދިންނާއި ބެލެނިވެރިންނަށް ކައުންސެލިން ދިނުމާއި، ތަކުރާރުކޮށް ގަވައިދާ ހިލާފުވާ ހާލަތުގައި ޖެންޑާ މިނިސްޓްރީ ފެންވަރުގައި މައްސަލަ ބެލޭނެ ނިޒާމެއް ގާއިމް ކުުރުމަށް ވެސް ގޮވާލާފައިވެ އެވެ.
ކޮމެންޓު ފޮނުވާ