އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް މ. ވޭވަށް، ކިނާރާ، ރިފްއަތު ޢަބްދުﷲ ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފިއެވެ.
މި މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވަނީ، ކޮމިޝަންގެ މެންބަރުކަމުގައި މިހާރު ހުންނެވި ޑރ. މުޙައްމަދު ޒާހިރުގެ މެންބަރުކަމުގެ ދައުރު ހަމަވާތީއެވެ. އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ހުޅުވާލީ މިދިޔަ ޖަނަވަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންފައިވަނީ، މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރިފްއަތުގެ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމަވައިދެއްވުމަށެވެ. މީގެ އިތުރުން، އެ މަޤާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.
ރިފްއަތުގެ ނަން ދިރާސާކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.
ކޮމެންޓު ފޮނުވާ