ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް މެމްބަރުން ރަށްރަށުގައި، މިއަދުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފި

ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް މެމްބަރުން ރަށްރަށުގައި، މިއަދުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފި

Author
ޙަސަން މުޙައްމަދު
09 ފެބްރުއަރީ 2026 09:06
0

މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މިއަދު ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، އެ ޖަލްސާ ކެންސަލްކޮށް މާދަމާއަށް ފަސްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވި ޖަލްސާ ނިންމަވާލައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިއަދު ޖަލްސާއެއް އޮންނާނެކަން އިއުލާނުކުރައްވާފަ އެވެ. އަދި ޖަލްސާ އޮންނާނެކަން މެމްބަރުންނަށް މެސެޖަކުން އަންގާފައި ވަަނިކޮށް، މިއަދުގެ ޖަލްސާ ކެންސަލްކޮށް މާދަމާއަށް ތާވަލުކުރިކަން މެމްބަރުންނަށް އެންގީ ރޭގެ ވަގުތެއްގައި ފޮނުވި މެސެޖަކުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ޖަލްސާ ފަސްކުރަން ޖެހުނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ވެރިކަން ކުރާ ޕީއެންސީގެ ގިނަ މެމްބަރުންތަކެއް މިވަގުތު އަތޮޅުތެރޭގައި ހަރަކާތްތެރިވަމުން ގެންދަވާތީ އެވެ. މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮންނަނީ ޕީއެންސީއަށެވެ.

މާދަމާއަށް ޖަލްސާ ފަސްކުރި ނަމަވެސް، އެ ޖަލްސާގައި ކުރިއަށް ގެންދާނެ މަސައްކަތްތަކުގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން އަދި މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.