ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ވައިޓް އެލާޓް: ވައިގަދަވެ ކަނޑުތައް ގަދަވާނެ

ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ވައިޓް އެލާޓް: ވައިގަދަވެ ކަނޑުތައް ގަދަވާނެ

Author
އަހުމަދު
07 ފެބްރުއަރީ 2026 09:32
0

މޫސުން ގޯސްވެ، ވައިގަދަވާނެކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މިއަދު ހެނދުނު 06:15 އިން ފެށިގެން 11:00 އާ ހަމައަށް ނެރެފައިވާ މި އެލާޓްގައި ބުނެފައިވަނީ، މި ވަގުތުތަކުގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށެވެ.

މިއަދުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް ކެރީގެ އަސަރު ފޯރައި، ގުގުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ކަނޑުގެ ރާޅުގެ އުސްމިނަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން އުޅޭނީ ތިން ފޫޓާއި ފަސް ފޫޓާ ދެމެދުގައި ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.