މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކޮށް ގުގުރުން އެކަށީގެންވެއެވެ. އަދި މީގެ އިތުރުން މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުތަކަށް ވެސް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ވައިޖެހޭނެ ގޮތަށް ބަލާއިރު، އިރުއުތުރާއި އިރުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ނިސްބަތުން ވައި މަޑުވާނެ ކަމަށާއި، އެ ސަރަހައްދަށް ވައިޖެހޭނީ ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް މެޓުން ބުނެއެވެ.
އެހެންނަމަވެސް ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން އިންޒާރުދެއެވެ. ވައިގަދަވުމުގެ ސަބަބުން މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް މިއަދު ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ