މޯލްޑިވް ގޭހުގެ 3.7 މިލިއަން ރުފިޔާ "ގެއްލުނު" މައްސަލަ ބަލަން މަޖިލީހަށް ހުށަހަޅައިފި

މޯލްޑިވް ގޭހުގެ 3.7 މިލިއަން ރުފިޔާ "ގެއްލުނު" މައްސަލަ ބަލަން މަޖިލީހަށް ހުށަހަޅައިފި

Author
ޙަސަން މުޙައްމަދު
13 ޖެނުއަރީ 2026 09:00
0

މޯލްޑިވް ގޭސް ކުންފުނިން ގޭސް ގަތުމަށް ދެއްކި ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅައިފިއެވެ. މި މައްސަލަ މަޖިލީހުގެ ރައީސަށް އެޑްރެސްކުރައްވައި ހުށަހެޅުއްވީ މާވަށު ދައިރާގެ މެމްބަރު އަހުމަދު ޝާކިރެވެ.

މި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުން، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު 800،000 ޑޮލަރުގެ ގޭސް ޝިޕްމަންޓެއް ގެނައުމަށް ދުބާއީގެ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި ދެއްކި 246،645 ޑޮލަރު (ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާ) ވަނީ ގެއްލިފައެވެ. މި ފައިސާ ގެއްލުނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު "ބެޓުކޮށްގެން" ނުވަތަ ޖުވާ ކުޅެގެން ކަމަށް މެމްބަރު ހުސެއިން ޒިޔާދު ތުހުމަތު ކުރައްވާފައިވާއިރު، މިކަމާ ގުޅިގެން ވާހަކަދެއްކެވި މެމްބަރުންނަށް އެމްޑީ އިންޒާރު ދެއްވި މައްސަލަ ބަލައިދިނުމަށްވެސް ވަނީ އެދިފައެވެ.

މި ފައިސާ ނުލިބުމުގެ ސަބަބުން އެސްޓީއޯއިން ވަނީ މޯލްޑިވް ގޭހުގެ ގޭސް ގަތުމުގެ ބާރުތައް އެ ކުންފުނީގެ އަތުން ނަގާފައެވެ. ނަމަވެސް މޯލްޑިވް ގޭހުން ބުނަނީ އެ މުއާމަލާތް ހިންގާފައިވަނީ ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ކަމަށާއި، އެއްވެސް ޚިޔާނާތެއް ހިނގާފައި ނުވާނެ ކަމަށެވެ. އަދި ފައިސާ އަނބުރާ ހޯދުމަށް ދުބާއީ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.