ދައުރުން ބޭރުގެ ޖަލްސާތައް ގާނޫނާއި ގަވާއިދާ ހިލާފުކަމަށް ބުނެ އެމްޑީޕީ ޖަލްސާތައް ބޮއިކޮށް ކޮށްފި

ދައުރުން ބޭރުގެ ޖަލްސާތައް ގާނޫނާއި ގަވާއިދާ ހިލާފުކަމަށް ބުނެ އެމްޑީޕީ ޖަލްސާތައް ބޮއިކޮށް ކޮށްފި

Author
ޙަސަން މުޙައްމަދު
06 ޖެނުއަރީ 2026 10:10
0

ރައްޔިތުންގެ މަޖިލީހުން ޗުއްޓީގައި އޮތް ވަގުތު ދައުރުން ބޭރުގައި ބާއްވަމުންދާ ޖަލްސާތަކަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ބާއްވާ ޖަލްސާތަކެއް ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ބުނެފިއެވެ.

އެމްޑީޕީ ބުނީ، މަޖިލީހުގެ ދައުރު ނިންމާފައި ޗުއްޓީގައި އޮތް ވަގުތު ނޯޓިސް ދިނިމަކާ ނުލާ ނެތި ޖަލްސާތައް ބޭއްވުމަކީ ގާނޫނުއަސާސީގެ މާއްދާތަކާ ހިލާފު ކަމެއް ކަމަށެވެ. އެ ޖަލްސާތަކުގެ އެޖެންޑާގައި ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާއި، ޕެންޝަން ފަންޑުގެ ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް ބުނެފައި ވެއެވެ.

މި ހާލަތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މި ޖަލްސާތައް ބޮއިކޮޓް ކުރުމަށް ނިންމާފައިވާކަމަށް ވެސް ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.