ޖަކާޓާގެ އެއަރޕޯޓުން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެއަރ ޓްރެފިކް ކޮންޓްރޯޅާއި ގުޅުންކެޑި، ހޯދަމުންދިޔަ، އިންޑޮނޭޝިއާގެ އެއްރލައިނެއް ކަމުގައިވާ ސްރީވިޖާޔާ އައަރ ޖެޓްގެ ފްލައިޓެއްކަމުގައިވާ Flight SJ182 ވެއްޓިފައިވާ ކަމަށް ގަބޫލު ކުރެވޭ ސަރަހައްދު ހޯދިފައިވާ ކަމަށް، އިންޑޮނޭޝިއާގެ އިދާރާތަކުން ބުނެފިއެވެ.
ސްރީވިޖަޔާ އެއަރލައިންގެ ފްލައިޓެއްކަމުގައިވާ Flight SJ182 އެއަރޕޯޓުން ނައްޓާލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ރާޑަރުން ގެއްލިފައިވާކަމަށާއި، އަދި ފްލައިޓް ހޯދުމުގެ އެމަރޖެންސީ އޮޕަރޭޝަނެއް ލޯންޗުކޮށްފައި ވާކަމަށް އިންޑޮނޭޝިއާގެ ކަމާބެހޭ މުއްސަސާތަކުން މި ފްލައިޓް ގެލުމުގެ ކުޑަވަގުތުކޮޅެއް ފަހުން ވަނީ އިއުލާން ކޮށްފައެވެ.
އާދީއްތަދުވަހު، ފްލައިޓް ވެއްޓުނުކަމަށް ބެލެވޭ ސަރަހައްދުންވަނީ، މިފްލައިޓުން ފޮނުވަމުންދާ ކަމަށް ބެލެބޭ ސިގްނަލްތައް، ފްލައިޓް ހޯދުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ލިބިފައެވެ. މި ފްލައިޓް ހޯދުމުގެ 10 އުޅަދަކުންދަނީ ހަރަކާތްތެރި ވަމުންނެވެ.
ފްލައިޓް ޖަކާޓާގެ ސޮއިކާނޯ-ހައްޓާ އެއަރޕޯޓުން ފުރައިގެން ދަތުރު ކުރަމުން ދިޔައީ އިންޑޮނޭޝިއާގެ ވެސްޓް ކަލިމަންޓަންގެ ސަރަހައްދީ ކެޕިޓަލް ކަމުގައިވާ ޕޮންޓިއަނަކައަށް، 62 ޕަސެންޖަރުންނާ އެކުއެވެ.
އިންޑޮނޭޝިއާގެ ކަމާގުޅޭ މުވައްސަސާަކުން މައުލޫމާތު ދޭގޮތުގައި، ފްލައިޓް ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދުފެނިފައިވާ ބައެއް ތަކެތި، އިންވެސްޓިގޭޓަރުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މީގެތެރޭގައި މި ފްލައިޓްގެ ބައެއް ބައިތައް ކަމަސް ބެލެވޭ ފްލައިޓުގެ ފުރަޅާކާ އަދި މިނޫނަސް ބައެއް ބައިތައް ހިމެނެއެވެ.

ހޮނިހިރު ދުވަހު މިފްލައިޓް ގެއްލުމާއެކު، އިންޑޮނޭޝިއާގެ ނޭޝަނަލް ރިސާޗް އެންޑް ރެސްކިއު އޭޖެންސީއާއި، ނޭޝަނަލް ޓްރާންސްޕޯޓު ކޮމިޓީ ގުޅިގެން ވަނީ ފްލައިޓް ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެހެންނަމަވެސް، ހޮނިހިރު ދުވަހުގެ ރެއަށް މަސައްކަތް މެދު ކަޑާލުމަށްފަހު، އަނެއްކާވެސް، އާދީއްތަދުވަހު ހެދުނު ވަނީ ފްލައިޓް ހޯދުމުގެ މަސައްކަތް އަލުން ފަށާފައެވެ.

ފްލައިޓް ޓްރެކަރ ވެބްސައިޓެއްކަމުގައިވާ FlightRadar24 އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބޮއިންގ 737ގެ މި ފްލައިޓް އެއަރ ޓްރެފިކް ކޮންޓްރޯލާއި ގުޅުން ކެނޑިފައިވަނީ، އުދުއްސާލިތާ 1 މިނިޓްއިރު ފަހުން، 10،000 ފޫޓު މަތިންނެވެ.
އަދި ފްލައިޓް ޓްރެކިންގ އިން ދައްކާ ގޮތުގައި، flight SJ182 ގެއްލިފައިވަނީ އިންޑޮނޭޝިއާގެ އުތުރުން ވެރިރަށް ޖަކާޓާގެ ރަށްބޭރުންނެވެ.
Sriwijaya Air flight #SJ182 lost more than 10.000 feet of altitude in less than one minute, about 4 minutes after departure from Jakarta.https://t.co/fNZqlIR2dz pic.twitter.com/MAVfbj73YN
— Flightradar24 (@flightradar24) January 9, 2021
ޖަކާޓާގެ އުތުރުން ވަކިން އޮންނަ ގުޅިފައިވާ ރައްތަކެއް ކަމުގައިވާ ތައުޒަންޑް އައިލޭންޑަސްގެ އެންމް އިސްފަރާތުން ފަހުން މައުލޫމާތު ދީފައިވާ ގޮތުގައު، އެސަރަހައްދުގެ މާލެ އައިލޭންޑަށް، މި ބޯޓު އެއަރޕޯޯޓުން ނައްޓާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކޮންމެވެސް އެއްޗެއް ވެއްޓި ގޮވާފައިވާ އަޑު އިފިވައިވާ ކަމަށެވެ.
ބައެއް މީޑިއާތަކުން ވަނީ، އެސަހައްދުގެ ބައެއް މަސްވެރިން އެސަރަހައްދުގެ މޫދުން، އޮޔާދަނިކޮށް ހޮވާފައިވާ، ވެއްޓިފައިވާ ބޯޓެއްގެ ބައިތަކެއްކަމަށް ބެލެވޭ އެއްޗިހިތަކެއް ހޮވާފައިވަނިކޮށް ފޮޓޯތައް ދައްކާފައެވެ.
Serpihan pesawat nyaaa#SJ182 pic.twitter.com/tqLj6jzWVc
— deknia. (@niaaaloey) January 9, 2021
ރަސްމީ ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ގެއްލިފައިވަނީ، ޖެހި ޖެހިގެން ދެ ބޯޓެއް ވެއްޓިގެން އުދުހުން މަނާކުރުމަށްފަހު ދާދިފަހުން އުދުހުމުގެ ހުއްދަ ދީފައިވާ 737 Max މަރުކާގެ ބޯޓެއް ނޫނެވެ.
ކޮމެންޓު ފޮނުވާ